ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ސޯލާ-ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމް ހަރުކޮށްފިއެވެ.

ތ. އަތޮޅަކީ މި ޕްރޮޖެކްޓްގެ 4 ވަނަ ފޭސްކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.



ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކުރުން ފާހަގަ ކުރަން ތ. ކިނބިދޫގައި މިއަދު ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފައެވެ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރސިސްޓަމްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމްއެވެ.

އިޔާދަކުރުވަނިވި ހަކަތައިގެ 'ޕޮއިސްޑް' ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 12 ރަށުގައި ޖުމުލަ 2.5 މެގަވޯޓްގެ ސޯލާ ހަރުކޮށް 2.758 މެގަވޯޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ވަނީ ހަރުކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގެ 5 ރަށް ޑިޒައިންކޮށްފައިވަނީ އޮފް ގްރިޑް އޮޕަރޭޝަން ގައި ޑީސަލް ޖަނަރޭޓަރުތަށް 6 ނުވަތަ 8 ގަޑި އިރަށް ދުވާލު ގަޑީގައި ނިންވާލެވޭ ގޮތަށެވެ. ފެނަކައިން ބުނީ މި ޕްރޮޖެކްޓް ނިމުމުން އަހަރަކު 1.1 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެކަމަށެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު 3000 ޓަނު މަދުކުރެވޭނެކަމަށް ވެސް ބުނެފައި ވެއެވެ.



ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގައިވެސް ސޯލާ ހަރުކުރަން ނިންމާފައިވާއިރު މި އަހަރު ސެޕްޓެމްބަރުގައި އެއަތޮޅުތަކުގައި ސޯލާ ހަރުކުރަން ވަނީ ހަމަޖެހިފައެވެ. މިގޮތުން ބ. އަތޮޅުގައި 2.74 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައި 3.599 މެގަވޯޓްގެ ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ.

"ޕޮއިސްޑް" ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން