ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 11 ބިދޭސީއަކު މިއަދުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 11 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮޮސްފައިވާ ކަމަށެވެ.



ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެވެސް ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. އޭގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށްާއި "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށް އިމިގްށރޭޝަނުން މައުލޫމާތު ދެއެވެ.

އެގޮތުން އެތަނުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް އިމިގްރެޝަނުން ބުންޏެވެ.



އޭގެއިތުރުން އިމިގްރޭޝަނުން ބުނީ، ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިޔަ ތަނެއް ރޭ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މި ފަހަރު ހިންގާ ރެއިޑްގައި ބޮޑަށް އިސްކަން ދެމުން ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ރީޓެއިލް ވިޔަފާރި އަދި ހޮޓާތައް ހިންގާ ބިދޭސީންނަށެވެ.

އެގޮތުން އެކި ރޭގެ މަތިން ދަނީ އެގޮތަށް ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަންނަމުން ނެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިމިގްރޭޝަންގެ އޮޕަރޭޝަންތައް ފުޅާކުރިފަހުން ގަވައިދާ ހިލާފަށް އުޅޭ 2000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން