ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު އިހުމާލު ވެއްޖެނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށްފަހު، ވަޒީފާދޭ ފަރާތުން އޭނާއާމެދު އިހުމާލު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކެއް ބަޔާން ކޮށްފައެވެ.
އެގޮތުން އިހުމާލުވީ ފަރާތުގެ މައުލޫމާތު އާންމު ކުރުމާއެކު އެފަރާތެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ބިދޭސީން ގެނައުމުގެ ހިދުމަތްތައް އެފަރާތަކަށް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް އިސްލާޙުގައިވެއެވެ.
ވަޒީފާދޭ ފަރާތުގެ އިހުމާލުގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައިވަނީ ބިދޭސީ މުވައްޒަފަށް މުސާރަ ނުދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށް އެގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމާއި އެމީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުމެވެ.
ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވޯކްޕާމިޓް ހޯދުމާއި ކޯޓާ ދޫކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމާއި ބިދޭސީން ކައިރިން މައުލޫމާތު ހޯދުން ފަދަ ބާރުތައް ކަމާބެހޭ މުއައްސަސާތަކަށް ދިނުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
އޭގެއިތުރުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ބަޔާން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަމަށާއި އެ އަދަދުތައް ކަނޑައަޅަން ވާނީ ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ކެބިނެޓުގެ ލަފާގެ މަތިން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު