އިތުރަށް 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވެސް އައްޑޫ ސިޓީގައި އަޅާ އާ އިންޖީނުގޭގެ މަސައްކަތް ނުނިމޭނެ ކަމަށް އައްޑޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަަކުން ކަރަންޓުގެ ހިދުމަތް ކެނޑޭ މައްސަަލަ ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

އެކަމާ ގުޅިގެން ފެނަކައިގެ އެމްޑީ މުއާޒް ފޭސްބުކްގައި ވަނީ އައްޑޫ ސިޓީއަށް ދިމާވަމުންދާ ކަރަންޓު މައްސަލަތަކުގެ އަސްލު ސަބަބުތައް ހާމަކުރައްވާފަ އެވެ.

އެއިން އެއް ސަަބަބެއްގެ ގޮތުގައި މުއާޒް ވިދާޅުވީ އައްޑޫގެ އާ އިންޖީނުގެ މާކެޓް ރޭޓަށް ބަލާއިރު 44 މިލިއަން ރުފިޔާއަށް ނިންމޭނެ އިމާރާތެއް 76 މިލިއަން ރުފިޔާ ހަރަދު ކުރިއިރުވެސް ނުނިމުން ކަމަށެވެ. އެގޮތުން ނާޖާއިޒުކޮށް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވުން، އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ތިރީސްހާސް މީހުންގެ އާބާދީއެއް އޮންނަ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވަނީ ކުއްލި މައްސަަލައެއް ވެސް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަަލަ ބަލައިގެނެ މިއަދު މަޖިލީހުގައި ވަނީ ބަހުސްވެސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން