ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެސީގެ ބާސެލޯނާ ލަދުގަންނުވާ ލުމަށްފަހު ބަޔާން މިއުނިކުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު މެޗުން ބަޔާން ކުރިހޯދީ 8-2 އިންނެވެ.
ބަޔާންގެ އިތުރުން ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ޕީއެސްޖީ އާއި އާރުބީ ލައިޕްޒިގުންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ޕީއެސްޖީ އާއި ލައިޕްޒިގް ވާދަކުރާއިރު ދެ ވަނަ ސެމީގައި ބަޔާން ނުކުންނާނީ މެންޗެސްޓަރ ސިޓީ އާއި ލިޔޯން މިރޭ ވާދަކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އަވަސް ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ 4-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ. މިހާފުގައި ބަޔާނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތޯމަސް މުލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި މުލާ ބަޔާނަށް ލީޑު ނަގައިދިނީ ރޮބާޓް ލެވޮންޑޮސްކީ ދިން ބޯޅައަކުންނެވެ. ބަޔާނުން ލީޑު ނެގިތާ ތިން މިނެޓު ފަހުން ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ. 1-1 އިން އެއްވަރުވެފައި ވަނިކޮށް ބަޔާނުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލައިފައެވެ.
ބަޔާންގެ ދެ ވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖެހީ އިވާން ޕެރިސިޗެވެ. ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޒުވާޑް ފޯވާޑް ސާޖް ގްނެބްރީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި މުލާ އެވެ. މިއީ ޖޯޝުއާ ކިމިކް އަރިމަތިން ނަގައިދިން ހުރަހެއް އެއްފަހަރުން ޖަހައި ވައްދާލި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފުގައި ފަރަގު ކުޑަކޮށްދިން ލަނޑު ބާސެލޯނާ އަށް ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. 57 ވަނަ މިނެޓުގައި ސުއަރޭޒް މި ލަނޑު ޖެހީ ކައިރީގައި ހުރި ޖިރޯމް ބޯޓެން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. 4-2 އިން ބާސެލޯނާ އަށް އުއްމީދެއް ލިބިފައިވަނިކޮށް މެޗުގެ 63 ވަނަ މިނެޓުގައި ބަޔާންގެ ކިމިކް ވަނީ އެޓީމުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. ބަޔާނުން މެޗުގެ ހަ ވަނަ ލަނޑު ޖެހީ 82 ވަނަ މިނެޓުގައި ލެވޮންޑޮސްކީ އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވޮންޑޮސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. ލެވޮންޑޮސްކީ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ލޯނު އުސޫލުން ބަޔާނަށް ކުޅެމުން އަންނަ ކުޓީނިއޯ ވަނީ ގާތްގާތުގައި ބަޔާންގެ ހަތް ވަނަ ލަނޑާއި އަށް ވަނަ ލަނޑު ޖަހައިފަ އެވެ. މި ބައްޔާއެކު ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެންގެ މިހާރު ވަނީ މަޤާމުން ވަކިކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުއާޓަރ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އުފެދުނުތާ އެންމެ 11 އަހަރުވީ ޖަރުމަނުގެ ކުލަބު އާރުބީ ލައިޕްޒިގުން ވެސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ވަނީ ކަށަވަރު ކޮށްފައެވެ. ލައިޕްޒިގުން އެތުލެޓިކޯގެ މައްޗަށް ކުރިހޯދީ 1-2 އިންނެވެ. ސެމީ ފައިނަލްގައި އެޓީމު ބައްދަލު ކުރާނީ ވަރުގަދަ ޕީއެސްޖީ އާއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

ކިޔުންތެރިންގެ ހިޔާލު