ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު ގެކޮޅު ހަމަޖައްސައިދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ހުންނެވި ގެކޮޅެވެ.

މުރައިދޫގެއަށް ބަދަލުވެވަޑައިގެންވުމަށް ޢަބްދުއްރަހީމް ނިންމެވިކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ވިދާޅުވެފައިވަނީ މުރައިދޫގޭގެ މިހާރު ކުރަމުންދާ މަރާމާތުގެ މަސައްކަތްތައް ނިމުމަކާއި ހަމައަށް ދާއިރު އެގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން މަގާމުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން އެއް މަގާމުގެ ނަން ބަދަލުކުރުމަށާއި ހަތަރު މަގާމެއް އުވާލައި، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ. މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި ގޮތަށް ކޮމެޓީން މިއަދު ވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން