އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމަށް ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހިސާން ޙުސައިން އައްޔަނުކޮށްފިއެވެ.
ހިސާން އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.
އެމްޑީޕީގެ ހިންގާ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ނާއިބު ރައީސް އައްޔަނު ކުރާނީ ޕާޓީގެ ރައީސްއެވެ. ނަމަވެސް ގައުމީ މަަޖިލީހުގެ ތާއީދު އޭނާއަށް އޮންނަންވާނެކަމަށް ހިންގާ ގަވާއިދުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ހިސާން ނާއިބު ރައީސްގެ މަގާމަށް އައްޔަނުކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ގައުމީ މަޖިލީހުގެ ތާއީދު ހިސާނަށް އޮތްތޯ ބެލުމަށް ނެގި ވޯޓުން ހާޒިރުވެތިބި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ މަގާމަށް އައްޔަނުކުރުމަށް ރުހުން ދީފައެވެ.
ހިސާންއަކީ އެމްޑީޕީގެ ލީގަލް ޑައިރެކްޓަރުގެ މަގާމުގައި 12 އަހަރުވަންދެން މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅެކެެވެ.
ހިސާން އެ މަގާމަށް އައްޔަނުކުރުމަށް ގައުމީ މަޖިލީހުން ރުހުން ދިނުމާއިއެކު ޕާޓީގެ ރައީސް އަބްދުﷲ ޝާހިިދު ވަނީ ހިސާނަށް މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު