ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 ނިމިފައިވާ ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިނަދޫގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރުމުގެ މަސައްކަތްތަކާއި މަގުބައްތިޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ. މި މަގުތަކުގެ މަސައްކަތް ނިމުމާއެކު އެރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެ މަޝްރޫޢު އާރުޑީސީއާ ޙަވާލު ކޮށްފައި ވަނީ ރައީސް ސާލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ޖުމްލަ 78,800,081.10 ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 19 މަގެއް ތަރައްޤީ ކުރެވިފައި ވާކަމަށް އާރްޑީސީއިން ބުނެއެވެ.
މިހުރިހާ މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ މަސައްކަތް ކުރެވިފައިވާނެ ކަމަށް އާރްޑީސީން ބުނެއެވެ.

ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރުމުގެ މަސައްކަތްތަކާއި މަގުބައްތިޖެހުމުގެ މަސައްކަތްހިމެނެއެވެ.… pic.twitter.com/f05tzyR4pY
— Ministry of Construction and Infrastructure (@MoCImv) July 25, 2024
ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ. މި މަގުތަކުގެ މަސައްކަތް ނިމުމާއެކު އެރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެ މަޝްރޫޢު އާރުޑީސީއާ ޙަވާލު ކޮށްފައި ވަނީ ރައީސް ސާލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ޖުމްލަ 78,800,081.10 ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 19 މަގެއް ތަރައްޤީ ކުރެވިފައި ވާކަމަށް އާރްޑީސީއިން ބުނެއެވެ.
މިހުރިހާ މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ މަސައްކަތް ކުރެވިފައިވާނެ ކަމަށް އާރްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު