ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނަ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދައްކަން މުހުލަތެއް ދީފި އެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ވޯކް ޕާމިޓް ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްސީލީ މައުލޫމާތު މިދިޔަ ބުދަ ދުވަހުގެ ރޭ ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާގޮތުން ވޯކް ޕާމިޓާ ޖޫރިމަނާއެކު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 123 އަށް އަރައެވެ.
ލިސްޓުގެ އެންމެ ކުރީގައި އޮތީ ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނިން ދައްކަން ޖެހޭ އަދަދު 26.8 މިލިއަން ރުފިޔާއަށް އަރައެވެ.
ލިސްޓުގެ ދެވަނައިގައި އޮތް އެޑްވާންސް ކޮންސްޓްރަކްޝަން ކުންފުނިން ވެސް 14.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެގޮތުން މިލިސްޓުގައި ރެޑްވޭވް ފަދަ ފުޅާދާއިރާއެއްގައި ރިޓެއިލް އަދި ހޯލްސޭލް ވިޔަފާރި ހިންގާ ފަރާތްތައްވެސް ހިމެނެއެވެ. މިލިސްޓު ނެރުމާއެކު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރު ރެޑްވޭވް ސަލީމްގެ ކުންފުނިންވަނީ ހޯމް މިނިސްޓަރ އިހުސާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނޫސްބަޔާނެއްވެސް ނެރެފައެވެ.
ލިިސްޓުގައިވާ ކުންފުނިތަކުން ނުދައްކާ ހުރި ޖުމްލަ ފައިސާގެ އަދަދު 636.5 މިލިއަން ރުފިޔާއަށް އަރައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު