ރޭ ވެސް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށ ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރޭ މާލޭގެ 04 ތަނެއް ބަލައި ފާސްކުރި ކަމަށެވެ.
އަދި ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
ނަމަވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ސީދާ ތަފްސީލެއް ނުދެއެވެ.
ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި ފަހުން އާންމުކޮށް ގެންނަމުންދަނީ އާންމުކޮށް ރާއްޖޭގައި ގަވައިދާ ހިލާފަށް އެކިކަހަލަ ރީޓެއިލް ވިޔަފާރިތަކާއި ކެފޭ ފަދަ ތަންތަން ހިންގަމުންދާ ބިދޭސީން ނެެވެ.
އެގޮތުން އިމިގްރޭޝަނުން ދަނީ ކޮންމެ ރެއަކުހެން ރެއިޑް އޮޕަރޭޝަންތައް ހިންގައި އެފަދަ ބިދޭސީން އަތުލައިގަންނަމުން ނެވެ،
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ އިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު