ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދަށްކުރުމަށް ވެރިކަންކުރާ ޕީ.އެން.ސީ. އިން ގަރާރެއް ހުށަހަޅާފައިވާއިރު އެ ގަރާރު މަޖިލީހުން ބަލައިގަނެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ މައްސަލަ މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަމުންދާއިރު އެ ގަރާރަށް މިހާރު އާންމުންނަށް ހިޔާލު ހުށަހެޅޭނެކަމަށް މަޖިލީހުން ބުނެފައި ވެއެވެ.

އެގޮތުން ހިޔާލު ހުށަހަޅަން އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވާނެ ކަމަށެވެ.

މިގޮތަށް އޮތުމުން ކޮންމެ ފަސް އަހަރަކުން މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވަމުންދާއިރު މިހާރު މަޖިލީހުގައި 93 މެމްބަރުން ތިއްބަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން