ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ބޭރުގެ ދަރަންޏާ އޮތް ގުޅުން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަންދުވަހާ ގުޅިގެން ހެޔޮ އެދުމާއި ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮޅު ނެތް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ ތިބެގެން ކަމަށެވެ.

އެކަމަކު ދަރަނިނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހުރޫމުވާނެ ކަންވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އެހެނަސް ބުއްދިވެރިކަން އިސްކުރުން ވަރަށް މުހިންމު." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ދޭ ލޯނުތަކަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ދަންތުތައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގައި ޗައިނާގެ ސަފީރާ ރައީސް ނަޝީދާ ދެމެދު ޓުވިޓާގައި ބޮޑެތި ކޯޅުންތައް ވެސް ދޭތެރެ ދޭތެރެއިން ހިނގި އެވެ.

ރާއްޖޭގެ ދަރަނި ފާާއިތުވި 10 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ރާއްޖެއިން އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން