އއ. ރަސްދޫގައި ހަށި ވިއްކަމުން ދިޔަ ތިން ބިދޭސިއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ރަސްދޫގެ، ސާހިލް ނަމަކަށް ކިޔާ ގެއެއްގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގާ ކަމަށާއި އެތަނުގައި ހަށި ވިއްކާ ކަމުގެ މައްސަލައެއް އިއްޔެރޭ 11:30 ގައި ހުށަހެޅުުު ކަމަށެވެ.

ރިޕޯޓު ލިބުމާއިއެކު ބެލިބެލުމުން އެނގިފައިވަނީ މި ސްޕާ ހިންގަމުން އަންނަނީ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ" ގެ ނަމުގަައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށް އެތަނުގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކޮށްފައިވަނީ 42 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން