އަތުލައިގަތް މަސްތުވާތަކެތި
އަތުލައިގަތް މަސްތުވާތަކެތި
ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ފަރާތުން ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އަބޫދާބީ މަގުން ރާއްޖެއައި ޕާކިސްތާނު މީހަކު ބަލާފާސްކުރި އިރު 2.12 ކިލޯ ގެ ބަރުަދަން ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ޓެސްޓު ކުރިއިރު ފުރަތަމަ މަރުހަލާގައި އެތަކެތި ހެރޮއިނަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2 މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލާގައި ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގު ތެރެއިން ކޮންޓްރޯލްޑް ޑެލިވަރީއެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން މަސްތުވާތަކެއްޗާއި ރާއްޖެއިން ހަވާލުވި ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެމީހުންނަކީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ދެމީހުން ކަމަށާއި އެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މިހާއާއި ރާއްޖެއިން އެމައްސަލާގައި ހައްޔަރުކުރި ދެ ދިވެހީންއާއި އެކު ތިން މީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން