ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓްގެ ޕްރިލިމިނަރީ ބުރުން ރާއްޖޭގެ ގައުމީ ޓީޓީ ތަރި، ފާތިމަތު ދީމާ އަލީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މި މެޗުގައި ދީމާ ވާދަކޮށްފައި ވަނީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ 135 ވަނައިގައި އޮތް ޕޮލަންޑްގެ ކަޓާރްޒައިނާ ވޭގަޖަން އާއިއެވެ.
މި މެޗް ކަޓާރްޒައިނާ ކާމިޔާބު ކުރީ ފުރިހަމަ 4 ސެޓު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް، މެޗްގައި ދީމާ ވަނީ ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކޮށް އިދިކޮޅު ކުޅުންތެރިޔާއަށް ޕްރެޝަރކޮށްފައެވެ.
ފުރަތަމަ މެޗުން ނާކާމިޔާބު ލިބުނު ނަމަވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދީމާގެ ކުޅުމަށް ތައުރީފް ކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ ދީމާގެ ހިތްވަރާއި މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދީމާއަކީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު