ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން
ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީން ބައިތިއްބާ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން މިއަދު ވިދާޅުވެއްޖެއެވެ.

ޝައްމާން މިއަދު ވިދާޅުވީ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ.

އަދި އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށްވެސް ޝައްމާން ވިދާޅުވެފައިވެއެވެ. އަދި އެފަދަ ފަރާތްތަކާއިމެދު އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.



އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ އެޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތައް ހާސިލުވިޔަ ނުދިނުމުގެ އަމަލެއް ކުރީ ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ އަދަބަކީ ބައިލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން ކަމަށާއި މީގެއިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އޭގެ އިތުރުން ކުށް ކުރީ ބިދޭސީއަކުނަމަ، އެމީހެއްގެ އަދަބަކީ ފަނަރަހާސް ރުފިޔާއާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށާއި މީގެއިތުރުން އެމީހަކު ވަކިމުއްދަތަކަށް ދިވެހިރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އިމިގްރޭޝަނުން ދަނީ ކޮންމެ ރެއަކުހެން ރެއިޑް އޮޕަރޭޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަންނަމުން ނެވެ،

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން