ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަން
ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަން
ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާއި ގުޅިގެން ރޭ ހުޅުމާލޭ ތިންބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



އިމިގްރޭޝަނުން ބުނީ އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮންނަ ތަނެއް ކަމަށެވެ.

މި މައްސަލަ އިމިގްރޭޝަނުން ތަހުގީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަންކަން އެއިދާރާއިން ހާމަކޮށްފައިވެއެވެ.

އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބައިތިއްބާ މީހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން