ރޭ ރޯވެގެން އުޅުނު ގެއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ--
ރޭ ރޯވެގެން އުޅުނު ގެއިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ--
ރޭ ރޯވި އިމާރާތުގެ ކުރިމަތީގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ރޯވީ މާފަންނުގައި ހުންނަ ފަޅުގެއެއް ކަމަށްވާ އޯކިޑް ޕްލާޒާގަ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރީ ރޯވެގެން އުޅުނު ވަގުތު އެ އިމާރާތުގެ ކުރިމަތީގައި މާރާމާރީ ހިންގި ދިވެހި ފިރިހެނެއް ކަމަށެެވެ.

ނަމަވެސް އެ މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އެ މާރާމާރީ ހިނގީ ކީއްވެގެން ކަމެއް ވެސް ސާފެއް ނުވެއެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ރޯވި ފަޅު ގޭގައި ރޭ ވެސް ބަޔަކު އުޅުނެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ގޭގައި ރޯވީ އޯކިޑްޕްލާޒާގޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެގެން ނެވެ.

އެ ގޭގައި ރޯވިލެއް ބޮޑުކަމުން ކައިރީގައި ހުރި ގެތަކުން ވެސް މީހުން ނެރެފައި ވެއެވެ. އެހެންނަމަވެސް ރޯވިގެއާއި އެގޭގައި ހުރި ތަކެއްޗަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން