ދަރުބާރުގޭގެ މަރާމާތުގެ މަސައްކަތްތައް ނިންމާލައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ޖުލައި މަހު ފެށި ދަރުބާރުގޭގެ މަރާމާތުގެ މަސައްކަތް މި މަހު ނިންމާލެވިފައިވާ ކަމަށެވެ.
އެގޮތުން ހަލާކުވެފައިވާ ފުރާޅު އެއްކޮށްހަދައި އެތެރެއާއި ބޭރު ފާރުގެ މަރާމާތުތަކާއި އަލުން ޓައިލްސް ޖަހައި ހަލާކުވެފައިވާ އޭސީތައް ބަދަލުކޮށް ސަރވިސްކޮށް ވެސް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ސީލިންގެ މަރާމާތުގެ މަސައްކަތްތަކާއި ހިރިޔާ މާލަމާއި ރަންނަބަނޑޭރި މާލަމުގެ ސްޓޭޖް ގެ ކާރޕެޓްވެސް އެއްކޮށް ބަދަލު ކޮށްފައިވާ ކަމަށް މިނިސްޓްރިން ބުންޏެވެ.
1990 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލުމަށް ފަހު، އެ ތަނުގައި އާ އިމާރާތެއް އެޅުމަށް ނިމިގެން ދިޔަ ސަރުކާރުން ނިންމި އެވެ.
ނަމަވެސް ދައުރު ނިމިގެން ދިޔަ އިރުވެސް އެކަމުގެ އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ޕާޓީ ހަފްލާތަަކަށާއި ރަސްމީ ޖަލްސާތަކަށް ބޭނުންކުރި ދަރުބާރުގެ ވަނީ ކޮވިޑްގެ އިމަރޖެންސީ ސެންޓަރެއްގެ ގޮތުގައިވެސް ބޭނުންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު