ބިދޭސީންގެ ފީތައް ދެއްކޭނީ ދަޢުލަތުންވެސް ކުންފުނިތަކަށް ފައިސާ ދިނުމުން ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. އަނާރާ މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.
މި ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.
ބިލްގެ ބަހުސްގައި ޑރ. އަނާރާ ވިދާޅުވީ ބައެއް ކުންފުނިތަކުން ބިދޭސީ މަސައްކަތްތެރިންގެ ފީތައް ދަޢުލަތަށް ނުދައްކާތީ އެކުންފުނިތަކުގެ ނަންތައް ދާދިފަހުން ސަރުކާރުން އާންމު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ދައުލަތުންވެސް މަސައްކަތް ކުރުވާފައި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބި ހުރުން ކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ.
އެހެންކަމުން އެގޮތަށް ލިބެން ޖެހޭ ފައިސާ، ވަޒީފާ ދޭ ކުންފުނިތަކަށް ލިބުމުން ބިދޭސީންގެ ފީތައް ފަސޭހައިން ދެއްކޭނެކަން ޑރ. އަނާރާ ފާހަގަ ކުރެއްވިއެވެ.
“ދައުލަތުގެ ފަރާތުން މަސައްކަތް ކުރުވާފައި ބައެއް ކުންފުނިތަކަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރިކަން ހަގީގަތުގައި. އެ ފައިސާ ދިނުމުން ބިދޭސީންގެ ހައްގުތައް ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ވެސް މިދެއްކެނީ.” ޑރ. އަނާރާ ވިދާޅުވިއެވެ.
އެހެންކަމުން ދެފަރާތަށް ލިބެންވާ ހައްގުތައްވެސް ކަށަވަރު ކުރެވެން ޖެހޭ ކަމަށް ޑރ. އަނާރާ މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. އަނާރާ ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރެވެން ވާނީ ގާނޫނީ އިމުގެ ތެރެއިންކަމަށާއި، އެ މީހުންނަށް ގަވައިދުތަކުގެ ބޭރުން ވަޒީފާ އަދާކުރެވިގެން ނުވާނެކަން ޤަބޫލު ކުރަށްވާ ކަމަށެވެ. އަދި ސަރުކާރުން ހުށައެޅުއްވި އިސްލާޙަށް ތާޢީދު ކުރަށްވާ ސަބަބަކީ އެ ޙަޤީޤަތް އެގޮތަށް ޤަބޫލު ކުރެއްވުން ކަމަށްވެސް ބިލުގެ ބަހުސްގައި ޑރ. އަނާރާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު