ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް، ރައްޔިތުންގެ ހާލު ބެލުމަށް ކުރި ޒިޔާރަތުގެ ތެރެއިން---
ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް، ރައްޔިތުންގެ ހާލު ބެލުމަށް ކުރި ޒިޔާރަތުގެ ތެރެއިން---
އާއިލީ އެކިއެކި މައްސަލަތަކާ ގުޅިގެން ކުރިން ޖެންޑާ މިނިސްޓްރީއަށް ނުވަތަ މިހާރުގެ ނަމުންނަމަ އާއިލީ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަަލަތަކުގެ ބޮޑު ބައެއް ނިންމާފައިވާ ކަމަށް އާއިލީ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގައި، އާއިލީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ ތަސައްވަރުގެ ދަށުން އެންމެ ފުރަތަމަ އާއިލީ މިނިސްޓްރީން ކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަަމަ މަސައްކަތެއްގެ ގޮތުގައި ކުރަން ފެށީ ޚިދުމަތް ހޯދަން އަންނަ މީހުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭ ގޮތަށް ކަންކަން ބައްޓަންކުރަން ފެށުން ކަމަށެވެ.

އަދި މި ސަރުކާރުން ވެރިކަމަށް އައިއިރު ނުނިމިި ދިގުލައިގެން ގޮސްފައި ހުރި ވަރަށް ގިނަ ކޭސްތަކެއް ހުރި ކަމަށާއި ނަމަވެސް މިހާރު އޭގެ ގިނަ ކޭސްތައް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކޭސް ވޯކަރުންގެ އަތުގައި 2023 ވަނަ އަހަރު ނިމިގެން ދިޔައިރު 2743 ކޭސް ނުނިމި ހުރި ކަމަށް ނަމްޒާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު މިދިޔަ ޖޫން މަހުގެ ނިޔަލަށް ނުނިމި އޮތީ 946 ކޭސް ކަމަށް ނަމްޒާ ވިދާޅުވި އެވެ. އަދި ކުރިން ޑިސެމްބަރާ ހަމައަށް އެންމެ ކޭސް ވޯކަރެއްގެ އަތުގައި މަދުވެގެން 90 ކޭސް އޮންނަ ކަމަށާއި އަދި ގިނަވެގެން 278 ކޭސް ގެންގުޅޭ ކަމަށް ވެސް ނަމްޒާ ވިދާޅުވިއެވެ.

"މި ޖޫން މަހުގެ ނިޔަލަށް ކޭސް ވޯކަރެއްގައި އަތުގައި އެންމެ ގިނަވެގެންވެސް އޮންނާނީ 50 ކޭސް،. މަދުވެގެން މިހާރު އޮންނާނީ ގާތްގަނޑަކަށް 23 އަކަށް ކޭސް. އެހެންވީމާ ދޭން ޖެހޭ ވަގުތާ ދޭން ޖެހޭ ސަމާލުކަމާ މި ދަންނަވަނީ ހަމަ އިންސާނުން ގެ ވާހަކަ. ދުވަހެއްގައި އެ މީހުންނަށްވެސް ލިބޭނީ 24 ގަޑިއިރު. މަސައްކަތް ކުރެވޭނީ ވަކި އަދަދަކަށްތާ." ނަމްޒާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން