ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ކުންފުނިތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަކީ އަލުން ވިސްނާލަން ރަނގަޅު ކަމެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީ.އެން.ސީގެ މެންބަރު ސަޢުދު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.
މި ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.
ބިލްގެ ބަހުސްގައި ސަޢުދު މިއަދު ވިދާޅުވީ ވަޒީފާދޭ ކުންފުނިތަކުން އިހުމާލުވާ ކޮންމެ ބިދޭސީއަކަށް ބައިލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭގޮތަށް އޮތް އޮތުމަކީ ކޮމިޓީ މަރުހަލާގައި އަލުން ވިސްނާލަން ރަނގަޅު ނުކުތާއެއް ކަމަށެވެ. އެގޮތުން އިހުމާލުވަނީ 5 މީހުނަށް ކަމުގައިވާނަމަ އެއީ ދެލައްކަ ފަންސާސްހާސް ރުފިޔާ ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ދައުލަތުންނާއި އަމިއްލަ ފަރާތްތަކުންވެސް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބި ލަސްވާނަމަ ބިދޭސީންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކުރުމަށް ކުންފުނިތަކަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ހަތަރު ފަސް މަހުގެ މުސާރަ ނުދެވި ބައެއް ކުންފުނިތައް ގޮތް ހުސްވެފައިވާކަން ސަޢުދު ފާހަގަ ކުރެއްވިއެވެ.
ސަޢުދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް ބައިލައްކައެއްހާ ބިދޭސީން ފިލައިގެން އުޅޭ ކަމަށާއި އެ މީހުން ޑީޕޯޓު ކުރުމުގެ ބަދަލުގައި އިތުރު އަދަބުތަކެއް ދިނުމަށް ޤާނޫނުގައި ހިމަނަންޖެހޭ ކަމަށެވެ.
އެމީހުން ޑިޕޯޓް ކުރުމުން ދަޢުލަތާއި ކުންފުނިތަކަށްވެސް ވަނީ ގެއްލުން ކަމަށާއި ނަމަވެސް ބިދޭސީން ބޮޑު މުސާރާގައި ދެންދަނީ މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ކަމަށް ވިދާޅުވެ ސަޢުދު މިއަދު ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ.
ސަޢުދުالله މި ބީދައިން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާއިރު ބިދޭސީންގެ ފީތައް ނުދައްކައިގެން ސަރުކާރުން އިޢުލާނު ކުރި ލިސްޓުގައި ވަނީ އޭނާގެ މަސްލަޙަތު އޮންނަ ކުންފުނިން ދަޢުތަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު