ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޓަވަރުގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދައިގެން އެތައް ބައެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މއ. އެރަލްސީ، ޙަސަން މަމްދޫހާއި ރ. އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށެވެ. މީގެތެރެއިން މަމްދޫހުގެ މައްޗަށް 104 ދައުވާއެއް އަދި ޖައިޝާންގެ މައްޗަށް 98 ދައުވާއެއް އުފުލާފައިވެއެވެ.
އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމުގެ ކުށާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިން ކުށުގެ ދައުވާތައް ހިމެނެއެވެ.
މި މައްސަލާގައި ކްރިިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކުރިއަށްދިޔައީ ދަޢުވާ ރައްދުވާ ފަރާތްތަކަށް ލިޔެކިއުންތައް ލިބިފައިވޭތޯ އާއި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުތޯ ނުވަތަ ނޫންތޯ ސާފުކުރުމެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުވާލިބޭ ދެ މީހުންގެ ފަރާތުން ވެސް ބުނީ، ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ބޭނުންވަނީ އަމިއްލައަށް ކަމަށް ބުންޏެވެ.
އެހެންކަމުން މި މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ވިދާޅުވީ ލިޔެކިއުންތައް ހަވާލުކޮށްފައިވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާތީ ދެން ވަކީލަކު ހަަމަޖައްސަން ދެވޭނީ 10 ދުވަސް ކަމަށެވެ. އަދި 10 ދުވަސް ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެ ޤާޟީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާ ލައްވާފައެވެ.
ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.
މަންޑޭ ވަނީ ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އެ މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.
ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތްކުރާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މީގެކުރިން ވިދާޅުވެފައިވަނީ މަންޑޭ ދިރިއުޅެމުން ދިޔަ އެޕާޓްމެންޓުގެ އަގު އެކަނި ވެސް 8 މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު 7 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށްވުރެ ގިނަ ސެންޓުފުޅިހުރި ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.
އެހެންކަމުން ހުޅުމާލޭ ކޯޓުގެ އަމުރެެއްގެ ދަށުން ހަސަން މަމްދޫޙުގެ އަގުބޮޑު މުދާތައްވެސް ވަނީ ހިފަހައްޓާފައެވެ. ކޯޓުން އެމުދާތައް ހިފެހެއްޓީ، އަސްލުއޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން އެމުދާތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ 8 މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު