ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.
ހަބީބަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޙަބީބުގެ އިންޓަވިއު މަރުޙަލާގައި ކޮމިޓީގައި ޙަބީބު ވިދާޅުވެފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެޗްއާރުސީއެމުން މަސައްކަތްކުރާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރަށްވާނެ ކަމަށް ޙަބީބް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމް ބީ ސްޓޭޓަސް އިން އޭ ސްޓޭޓަސް އަށް ގެންދިއުމަށްޓަކައި ރާއްޖޭގެ ޤާނޫނުތައް ހަމަޖެހިފައި ހުރިގޮތާއި ދިވެހިންގެ ޤަބޫލުކުރުންތައް ހުރިގޮތް ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނަށް އޮޅުންފިލުވައި ދެއްވާނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
ޙަބީބުގެ އިންޓަވިއު އަށްފަހު ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޙަބީބު ޢައްޔަނު ކުރުމަށް ކޮމެޓީގެ މެންބަރުން 75 އިންސައްތައަށްވުރެ މަތިން މާކްސް ދެއްވާފައިވާ ކަމަށެވެ.
އެޗްއާރްސީއެމްގެ މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.
ޙަބީބު މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ހިމެނޭ ގޮތަށް އެ ކޮމިޝަންގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު