މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް
މިދައުރުގައި ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ޠާރިޤް ވިދާޅުވީ އެމަނިކުފާނުގެ ވުޒާރާގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުނިތަކަކީ ސްޓެލްކޯ، ފެނަކަ، އެމް.ޑަބްލިއު.އެސް.ސީ، އަދި ބެންކޯ ކަމަށާއި އެ ތަންތަނުން ކުރާ ކަންކަން ދުވަހުން ދުވަހަށް ބައްލަވާކަމަށެވެ.

އެގޮތުން ގަވައިދުން ކުންފުނިތަކާ ބައްދަލުކޮށް ސަރުކާރުން ދޭޖެހޭ ޕޮލިސީ ޑައިރެކްޝަނާއި އެހެން އެހީތެރިކަންވެސް ފޯރުކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުންފުނިތައް އެހާ ދެރަ ޙާލަތަކަށް ވެއްޓިފައި ވަނީ ރަނގަޅަށް އިރުޝާދުތައް ދެވިފައި ނުވާތީކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް ވަޒީރު މިއަދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރަނގަޅަށް ޕާފޯމްކޮށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭނެ ތަންތަނަށް ވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު މިބީދައިން ވިދާޅުވެފައިވާއިރު މިސަރުކާރު ވެރިކަމަށް އައިއިރު ދަޢުލަތުގެ ގިނަ ކުންފުނިތަކުގައި ހަމައެކަނި އޮތީ ތޮށިގަނޑު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން