ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބައެއް މެންބަރުން
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބައެއް މެންބަރުން
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބްރޯޑްކޮމްގެ މެންބަރުން މިއަދު އެދިއްޖެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ މީޑިއާ ކޮމިޝަންގެ ގާނޫނަކީ ޒަމާނަށް ނުފެތޭ ގާނޫނެއް ކަމަށެވެ.

އެހެންކަމުން އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރީސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ ކަމަށާއި އަދި ވެރިކަން ބަދަލުވީ ފަހުންވެސް އެމަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައި ދިއުމަކީ ކަންބޮޑުވުމެއް ކަމަށް އަލީ ޔޫސުފް ވިދާޅުވިއެވެ.

އަލީ ޔޫސުފް ވިދާޅުވީ ޤާނޫނު އިސްލާޙު ކުރުމުގެ މަސައްކަތް ކޮޅެއްގައި ނުޖެހި ދިގުލައި ދިއުމަކީ ކޮމިޝަނުގައި ތިއްބެވި ހަރުދަނާ އިދާރީ މުވައްޒަފުން ވަޒީފާގައި ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

ބްރޯޑްކޮމްއިން ވަނީ އެ ކޮމިޝަނުގެ ބައިވެރިވުމާއެކު ޤާނޫނު އިސްލާޙު ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަސްކޮށްދީ އެމް.އެމް.ސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކޮމިޓީގައި އެދިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ ކޮމިޝަނުން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން އޭޖީ އޮފީހާ މަޝްވަރާކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން