ސަރުކާރުން ނިންމާ، ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ ކަމަކަށް ވެސް ވާހަކަ ދައްކަވާއިރުވެސް ދިވެހި ޒުވާނުންގެ މަސްލަހަތު އެކަމުގައި ހިމާޔަތްކުރައްވާނެ ކަމަށާއި، ދިވެހި ޒުވާނުންނަށްޓަކާ ވިދާޅުވާންޖެހޭ ކޮންމެ އެއްޗެއް ވެސް ވިދާޅުވާނެ ކަމަށެވެ.

މީގެ އިތުރުން މިސަރުކާރުން ނިންމާފައިވާ ކޮންމެ ނިންމުމެއްގައި ޒުވާނުންގެ ބަސް އޮންނާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންގެ ވުޒާރާ އާއި ކުޅިވަރު ވުޒާރާ ވަކިކުރުމުން ޒުވާނުންނަށް ކުޅިވަޅުގެ ދާއިރާއިން އަންނަން ޖެހޭނެ ކުރިއެރުންތަކާއި އިތުރު ކަންތައްތަކަށް އެއްވެސް ހުރަހެއް އައިސްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިނިސްޓްރީ މިގޮތުގައި އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ސްމާޓް މޫވްއެއް." މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި ވަހީދުވަނީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަތަކީ ޒުވާނުން ވަޒީފާއަށް ނެރުން ކަމަށެވެ. އެގޮތުން ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް)އިން ކާމިޔާބު މަސައްކަތްތަކެއް ނިންމާލާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން