ރާއްޖެ އިގުތިސާދީ އަނދަވަޅަކަށް ވެއްޓުނީ މި ސަރުކާރުގެ ނާގާބިލުކަމުންކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
"ހަވަރުބެރު" މިނަމުގައި އެމްޑީޕީން ފަށާފައިވާ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން ރޭ އަމީރު ވިދާޅުވީ، މި ސަރުކާރުން އިގުތިސާދީ ކަންކަމުގައި ގެންގުޅެފައިވަނީ ހަމަނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ.
އެގޮތުން، ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށާއި އޭގެ ތެރޭގައި ބޭކާރު ހަރަދު ވެސް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު 2000 އިން މަތިވެފައިވާކަމަށާއި އެއީ ވެސް ސަރުކާރުން މާލީ ހާލަތަށް ބަލައިނުލާ ކުރި ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
އަމީރު ވިދާޅުވީ މި އަހަރުގެ ދައުލަތުގެ ބަޖެޓަށް ބޭނުންވާ 600 މިލިއަން ޑޮލަރު ހޯދަން ޖެހޭއިރު، އެކަން ކުރެވޭތަނެއް ވެސް ނުފެންނަ ކަމަށެވެ.
އޭގެ އިތުރުން، ދަރަނި ރީސްޓްރަކްޗަރ ކުރުމަށްޓަކައި ޗައިނާގެ އެގްޒިމް ބޭންކްގައި އެކަމަށް އެދެމުން އަނެއްކާ ވެސް 200 މިލިއަން ޑޮލަރުގެ ލޯނަށް އެ ބެންކުގައި ސަރުކާރުން އެދޭ އެދުން އެއީ އިގުތިސާދީ ކަންކަން ހިނގާގޮތަށް ބަލާއިރު ހަމަޖެހޭ ގޮތެއް ނޫންކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މިއަންނަ އަހަރުގެ ބަޖެޓު ވެސް މި އަހަރަށްވުރެ ބޮޑުވާނެކަމަށާއި ގާތްގަނޑަކަށް 60 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް، ދައުލަތަށް އާންމުކޮށް ލިބެނީ 30 ބިލިއަނުގެ އަދަދެއްކަމަށްވާއިރު އާމްދަނީ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަން ނުފެންނަކަމަށެވެ.
އެހެން އެކަން އޮތްއިރު ވެސް ރައްޔިތުންނަށް ހުވަފެންދައްކާ އޮޅުވާލަން މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު