ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށް އެންމެ އެކަށީގެންވަނީ އީ-ވޯޓިން ނިޒާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރަށްވަމުން މައުރޫފް ވިދާޅުވީ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުލާ މީހުންގެ ޢަދަދު މަދުކަމަށް އީސީން ބުނަމުންދާ ކަމަށެވެ.
ނަމަވެސް އެއީ މި 21 ވަނަ ޤަރުނުގައި އިންތިޚާބުތައް ނުބޭއްވުމަށް އޮތް ޢުޒުރެއް ނޫން ކަމަށާއި ބައި-އިލެކްޝަންތައް ބާއްވާ ގޮތަށް ބަދަލެއް ގެނައުމުން ރައްޔިތުންގެ ބައިވެރިވުން އިންތިޚާބުތަކުގައި އިތުރު ކުރެވޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
“ޓެކްނޮލޮޖީގެ ބޭނުންހިފާ އީ-ވޯޓިންގެ ނިޒާމް ތަޢާރަފްކޮށް އިންތިޚާބުތަކުގައި ވޯޓުލެވޭނަމަ އިންތިޚާބުތަކަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުތަނުން ކުޑަވާނެކަމަށް އަޅުގަނޑު ދެކެން.” މައުރޫފް ވިދާޅުވިއެވެ.
މައުރޫފްވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އިންތިޚާބުތަކަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ވާހަކަ ދައްކަވަނީ މަޤާމުގެ ދިފާއުގައި ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އެބޭފުޅުންގެ ނާޤާބިލުކަން ފޮރުވުމަށް ޑިމޮކްރެޓިކް ޕްރޮސެސް ޕްރެކްޓިސް ކުރުމަށް ހުރަސް ނޭޅުމަށް މައުރޫފް ވަނީ ގޮވާލަށްވާފައެވެ.
މަޢުރޫފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމް.ޑީ.ޕީއަށް ވަރަށް ފަރިތަ ނިޒާމެއް ކަމަށާއި މާދަމާ އިންތިޚާބަކަށް ގޮވާލި ނަމަވެސް އެމްޑީޕީ އޮންނާނީ ތައްޔާރަށް ކަމަށެވެ. އެހެންކަމުން މިފަދަ އިސްލާޙުތައް މަޖިލީހަށް ނުފޮނުވުމަށް މަޢުރޫފް ވަނީ ސަރުކާރަށް ގޮވާލަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު