އެމްޑީޕީ ނޫން ވެރިކަމެއް އަންނަ ކޮންމެފަހަރަކު ކައުންސިލްތަކާ ކުޅުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރަށްވަމުން ނާޒިލް ވިދާޅުވީ ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކުގެ އަދަދުތަކާ ކުޅޭއިރު، ސިޔާސީ މަގާމުތައް މަދުކުރާ ތަން ނުފެނުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށެވެ.
ހަމައެއާއެކު ކައުންސިލްތަކުގެ އަދަދު ކުޑަކުރުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށާއި ކައުންސިލަރުން ޒިންމާތަކުން އެކަހެރިކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
“އެމްޑީޕީ ނޫން ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ފެންނަނީ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ސިޔާސަތެއް ގެންގުޅޭ ތަން.” ނާޒިލް މިއަދު ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލަރުން ސައިޒު ކޮށްލި ނަމަވެސް ސިޔާސީ މަގާމުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުން ކަމަށެވެ. އެހެންކަމުން އެކަމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނުފެންނަ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް މިހާރު ގާނޫނުގައި އޮންނަ 60 ދުވަހުގެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު