މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
އޭނާއަކީ ބަޖާޖަށް ހެއްދެވިޔަސް ޒަވާޖީ ހަޔާތުގެ ތެރެއިން ދިވެހިވަންތަކަން ގެއްލެމުންދާ ކަމަށާއި އެއީ ހިތާމަ ކުރަށްވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީފާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި މެންބަރު ހުސައިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ގިނަވާނީ ހާފް މޯލްޑިވިއަނުން ކަމަށް ލަފާކުރަށްވާ ކަމަށެވެ.

އެހެންކަމުން އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަަމަށާއި ޒަވާޖީ ހަޔާތުގެ ތެރެއިންވެސް މިއަދު ދިވެހިވަންތަކަން ގެއްލެމުންދާ ކަމަށް ޙުސައިން ވިދާޅުވިއެވެ. އަދި އެއީ ދިވެހިންގެ އާދަކާދަ އާއި ސަޤާފަތާއި ދިވެހިންގެ ޙުއްބުލް ވަތަންގެ ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ޙުސައިން ވިދާޅުވިއެވެ.

“މީ ޙަޤީޤަތް. މި ޙަޤީޤަތާ ކުރިމަތިވީމާ އަޅުގަނޑު މީ ބަޖާޖު ކަމުގައި ހެއްދެވި ނަމަވެސް ބަޖިޔާ ކަމުގައި ހެއްދެވި ނަމަވެސް ޙަޤީޤަތަށް ވާހަކަ ދައްކަން ޖެހެނީ.” މިއަދުގެ ޖަލްސާގައި ޙުސައިން ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހިންގެ ޤައުމީ މަސްލަޙަތާއި ބިދޭސީންގެ މައްސަލަ ގުޅިފައިވުމަކީ މިއަދުގެ ޙަޤީޤަތް ކަމަށްވެސް ޙުސައިން ވަނީ ވިދާޅުވެފައެވެ. އަދި އެވާހަކަތައް ދެއްކުމަކީ މިއަދު ދިވެހިންގެ ވާޖިބެއް ކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.

ޙުސައިން ވިދާޅުވީ މިއަދު ޤައުމުގެ ހުރިހާ ކަމެއްގައިވެސް އުޅެނީ ބިދޭސީން ކަމަށެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ރިސޯޓުތަކަށް ކާބޯތަކެތި ސަޕްލައި ކުރުމުން ފެށިގެން ގޭގެ ސިޓިންރޫމްގައި ކަސޯޓީ ބަލަން ތިބެނީވެސް ބިދޭސީން ކަމަށް ވިދާޅުވެ ޙުސައިންވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

“މާދަމާ އަޅުގަނޑުމެންގެ މައްޗަށް ބަސްއިއްވަން އިންނާނީ ކޮންދިމާލަކުން އަންނަ މީހެއްކަމާ ދޭތެރޭ ވިސްނަންޖެހޭ ހިސާބަށް ޤައުމުގެ ޙާލަތު ހިނގައްޖެއޭ.” ކަންބޮޑުވުމާއެކު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޙުސައިން ވިދާޅުވިއެވެ.

ޙުސައިން ވިދާޅުވީ މިއަދު ކޮންމެ ގެއެއްގައި ހައުސް މެއިޑެއް ހުންނަ ކަމަށާއި ނަމަވެސް އޭނާ ކުރާ މަސައްކަތް އަމިއްލަ އަތުން ކޮށްލައިފިނަމަ އެއީ އިޤްތިޞާދު ކުރެވޭ ފައިސާ ކަމަށެވެ.

އޭގެއިތުރުން ޙުސައިން މިއަދު ވަނީ ބިދޭސީންނަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުމަށް ހުޅުވިފައިހުރި ހުރިހާ ދޮރެއް ބަންދުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން