ފުލުހުން މަސައްކަތުގައި
ފުލުހުން މަސައްކަތުގައި
ސްކޭމްގެ 156 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ޙިއްސާކުރި ތަފާސް ހިސާބުގައެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ސްކޭމްގެ 1،661 މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ.

އޭގެ އިތުރުން މި އަހަރުގެ ޖެނުއަރީން ފެށިގެން މިއަދުގެ ނިޔަލަށް 1،302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ. ފުލުހުން ބުނީ އޭގެތެރެއިން ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ 156 މައްސަލަ ކަމަށެވެ. އަދި ގިނަ މައްސަލަތަކުގެ ޝަރީޢަތް ފެށިފައިވާކަންވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު ސްކޭމްގެ މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށާއި 782 ޑިވައިސް ނެޓްވޯކުން ބްލޮކް ކޮށްފައިވާއިރު 297 ސިމްކާޑު ޓާމިނޭޓްކޮށް 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށް ފުލުހުން ވަނީބުނެފައެވެ.

ފުލުހުން މިއަދު ބުނީ ސްކޭމްތައް ހުއްޓުވަން އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި އާ ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށާއި ރާއްޖެއަށް މިހާރު އެޑޮޕްޓް ކުރަމުންދަނީ ސިންގަޕޫރުގައި ތަންފީޒުކުރާ ސިސްޓަމް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން