ޓޯކުރި ކާރަކަށް ލިބުނު ގެއްލުންތައް މަރާމާތުކޮށްދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ ފުލުހުންގެ އިދާރާ ޓެގްކޮށް ވެހިކަލެއް ޓޯކުރުމުގެ ތެރޭގައި ލިބިފައި ހުރި ގެއްލުންތައް ދައްކުވައިދޭ ފޮޓޯއެއް އާންމުކޮށްފަ އެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ކާރުގެ ކުރިމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެެހެންވެ އެކަމަށް ޒިންމާވާނީ ކާކުތޯ ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރި މީހާ ވަނީ ސުވާލު ކޮއްފައެވެ.

"މިއީ ރާއްޖެ ނޫން ކޮން ޤައުމެއްގައި ވެހިކަލް ޓޯ ކުރާ ގޮތެއްތޯ؟ ރައްޔިތުމީހާ ދެން ޖެހޭނީ ކޮންމެސް މުއައްސަސާއަކަށް މައްސަލަ ލާން، އެކަމުގައި އެތަކެއް އަހަރެއް ހޭދަ ކުރަން ދޯ؟" އެކްސްގައި އެމީހާ ބުންޏެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް ވެރިފަރާތަށް ފުލުހުންގެ ހިދުމަތުން އެހީތެރިވެދޭނެ ކަމަށެވެ.

"އަދި މިކަން ހިނގާދިޔަގޮތުގެ ތަހުގީގެއް ފުލުހުންދަނީ ކުރަމުން." ޝިފާން އިތުރަށް ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން