މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި 2 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.

މި މާރާމާރީ ހިންގާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް ރޭ 12:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު އެމީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ބިދޭސީންތަކެއްގެ މެދުގައި ހިނގި މި މާރާމާރީއާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން