ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ވ)
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ވ)
ދައުލަތުގެ މުއައްސަސާތަކުން ފެނަކައަަށް 148 މިލިއަން ރުފިޔާ ނުދައްކާ އެބައޮތްކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މަސްއޫދު ވިދާޅުވީ ދަޢުލަތުން އެ ކުންފުންޏާ ޙަވާލު ކޮށްފައިވާ މަޝްރޫޢުތަކަށާއި ދަޢުލަތުގެ މުއައްސަސާތަކަށް ފޯރުކޮށްދީފައިވާ ފެނާއި ކަރަންޓުގެ ޚިދުމަތަށް ބިލުކޮށްފައިވާ 148 މިލިއަން ރުފިޔާ އެކުންފުންޏަށް ނުލިބި އެބައޮތް ކަމަށެވެ.

އޭގެ ތެރެއިން 85 މިލިއަން ރުފިޔާ އަކީ ސަރުކާރުގެ އެކި ވުޒާރާތަކުން ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުން ލިބެން ޖެހޭ ފައިސާ އެވެ.

މަސްއޫދު ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 501 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

މަސްއޫދު މިއަދު ވިދާޅުވީ ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ ވަރަށް ގިނަ ރަށްރަށުގައި ކުދިކުދި ވިޔަފާރިތަކަށާއި ފެނަކައިން ކުއްޔަށް ނަގާފައި ހުރި ތަންތަނަށް ފެނަކައިންވެސް ދޭންޖެހޭ ރުފިޔާ އެބަހުރި ކަމަށްވެ. އަދި އެކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްއޫދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމޭއިރު އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ޢަދަދެއް ހޯދޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން