އައިސްޕްލާންޓަތައް އިމާރާތްކުރުމާއި ހިންގުން ފެނަކައިން މިއަދުން ފެށިގެން ހުއްޓާލައިފިއެވެ.
އެކަން އިޢުލާނު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒު ރަޝީދެވެ.
މުއާޒް ވިދާޅުވީ އައިސްޕްލާންޓް އެޅުމާއި ހިންގުމަކީ އެކުންފުނީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތެއް ނޫންކަމަށެވެ. އަދި އައިސް ޕްލާންޓްތައް ހިންގުމުން އެކުންފުންޏަށް އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
އެގޮތުން ގެއްލުންވާ ކަންކަން ނުކުރަން ކުންފުނިން ނިންމާފައިވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލާނެ ކަމަށްް މުއާޒު ވިދާޅުވިއެވެ.
މީގެކުރިން ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ރަށްރަށުގައި ޤާއިމު ކުރެވިފައިވާ އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލު ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ވަނީ އައިސްޕްލާންޓު ގާއިމްކޮށްފައެވެ.
ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ. އައިސް ޕްލާންޓްތަކާއެކު މަސްވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު