ރައްކާތެރިކަމަށް ނުފެތޭ ގޮތަށް ރަށްރަށުގައި ހުރި މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން ފެނަކަ ކޯޕަރޭޝަނުން ކައުންސިލްތަކަށް އިތުރު މުހުލަތެއް ދީފިއެވެ.

މޭ މަހުގެ ފަހުކޮޅު ރ. އުނގޫފާރުގައި މަގު ބައްތި އަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވެ، ހިނގި ހާދިސާއެއްގައި އެރަށު ޒުވާނަކު ނިޔާވުމާ ގުޅިގެން، ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްުކާތެރިކޮށްތޯ ބެލުމަށް ފެނަކައިން ވަނީ އިންސްޕެކްޝަނެއް ފަށާފައެވެ.

އެ އިންސްޕެކްޝަނަށް ފަހު ފެނަކައިން ބުނެފައި ވަނީ، ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫން ކަމަށެވެ.

އެހެންކަމުން ފެނަކަ ކޯޕަރޭޝަނުން ވަނީ، ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މީގެކުރިން ކައުންސިލްތަކަށް އަންގާފައެވެ. ޖޫން މަހުގެ ކުރީކޮޅު ފެނަކައިން ކައުންސިލްތަކަށް އަންގާފައި ވަނީ، އެ މަހުގެ 27 ވަނަ ދުވަހުގެ ކުރިން މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑާ އެގޮތަށް ބަދަލު ކުރަން ވާނެ ކަމަށެވެ.

ނަމަވެސް މަގުބައްތިތައް ރަނގަޅު ކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ކައުންސިލްތަކުން ބުނެފައި ވާތީ، އެކަން ރަނގަޅު ކުރަން ފެނަކައިން ދިން މަސް ދުވަހުގެ މުހުލަތު ހަމަވެ، އަނެއްކާވެސް ފެނަކައިން ވަނީ ދުވަސް އިތުރުކޮށްދީފައެވެ.

އެ މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހަށެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަލާމަތީ މިންގަނޑަށް ނުފެރޭ ގޮތަށް 144 ރަށުގައި މަގު ބައްތި ހަރުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން