ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރޭ މެންޗަސްޓަރ ސިޓީ ބަލިކޮށް ފްރާންސްގެ އޮލިމްޕިކް ލިޔޯން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޕޯޗްގަލްގެ ލިސްބަންގައި ކުޅުނު މި މެޗް ލިޔޯން އިން ކާމިޔާބުކޮށްފައިވަނީ 1-3 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ލިޔޯން އަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ފޯވާޑް މެކްސްވެސް ކޯނޭ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލިޔޯން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅުން ރަގަޅުކޮށް މެޗުގެ 69 ވަނަ މިނެޓްގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ ދިން ބޯޅައަކުން ބެލްޖިއަމްގެ ކެވިން ޑިބްރޫނޭ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު މި ލަނޑާއެކު އިތުބާރު ހޯދައި ސިޓީއަށް އޭގެ ފައިދާ ނުނެގި އުޅެނިކޮށް މެޗުގެ 79 ވަނަ މިނެޓްގައި އަނެއްކާވެސް ލީޑު ނެގީ ލިޔޯން އިންނެވެ. ލިޔޯން އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޯސާ ޑެމްބެލޭ އެވެ.
މެޗުގައި ލިޔޯން އިން ޖެހި ތިންވަނަ ލަނޑަކީ ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ލިޔޯން އިން ކާމިޔާބުކުރި ލަނޑެކެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިން ފްރާންސްގެ ފޯވާޑް ޑެމްބެލޭ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ލިޔޯން އަށް ވާދަކުރަން ޖެހޭނީ ބަޔާން މިޔުނިކާ އެވެ. ކޯވިޑް-19 އާ ގުޅިގެން ކުއާޓަރ ފައިނަލުން ފަށައިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލް ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.

ކިޔުންތެރިންގެ ހިޔާލު