އެކި ސަބަބުތަކާ ހުރެ ދައުލަތަށް ކުދިން ނަގަން ޖެހޭ މިންވަރު މިހާރު މަދުވެފައިވާ ކަމަށް ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު އައިޝަތު ޝިހާމް ރޭ ވިދާޅުވީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ކުއްޖަކު ގެނެވޭ ހިސާބުން ފެށިގެން ކޭސް ވޯކަރަކާ އެ މައްސަލަ ހަވާލުވާކަމަށާއި އެ ހިސާބުން ފެށިގެން ކުއްޖާ އަނބުރާ އާއިލާއަށް ނުވަތަ އާއިލާގެ ތިމާގެ މީހުންގެ ކައިރިއަށް ނުވަތަ ފޯސްޓާ ކުރުމަށް ގެންދެވޭނެ ގޮތް އަބަދުވެސް ބަލަމުންދާ ކަމަށެވެ.
އެހެންކަމުން ކުއްޖަކު ފިޔަވައްޗާ ހަމައަށް ގެންނަ ހިސާބުން ފެށިގެން ވެސް އަމާޒަކީ ގިނަ ދުވަހު އެ ތަނުގައި ކުދިން ބެއިތިއްބުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއަށްވުރެ ބޮޑަށް މަސައްކަތްކުރަނީ ކުއްޖާ އާއިލާއަކާ ހަވާލު ކުރެވޭނެ ގޮތްތައް މަގުފަހި ކުރުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު މިއީ ފިޔަވަތީގައި ވެސް ހަމަ އެންމެ ކުދިން މަދު ވަގުތު މިއީ. މިހާރު ހަމަ ކުދިން ރީ އިންޓަގްރޭޓް ވަމުންދާތީވެ ހަމަ އަދި އާއިލާތަކަށް އެ ކުދިންނަށް ދެވޭތީ ކުދިންގެ އަދަދު ހަމަ މަދުވެގެންވެސް އެބަދޭ. ހަމަ އެއާއެކީ އަޅުގަނޑުމެން އެކި ސަބަބުތަކާހުރެ ދައުލަތަށް ނަގަން ޖެހޭ ވަރުވެސް އިރާދަ ކުރެއްވިއްޔާ މަދުވެގެން އެބަދޭ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު