ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ ރޭ ދަންވަރު ރޯކޮށްލީ ނ. ހެނބަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސައިކަލުގައި ރޯކޮށްލުމުގެ ކުރިން ހަމަ އިއްޔެ އެ ރަށުގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ މިއީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ގުޅިގެން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ޝިފާން އިތުރަށް ވިދާޅުވީ އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"މިފަދަ ވިސްނުމުގައި [ސައިކަލުގައި ރޯކުރުން ފަދަ] އަމަލުކުރަމުންދާ ފަރާތްތަކަށް [މިކަން] ހަނދާންކޮށްދެން." އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް އިންޒާރު ދިނުމާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު