ކުޅުދުއްފުށީގައި ބިދޭސީއަކު އަތުން ފޭރުނު މައްސަލައެއްގައި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ, ކުޅުދުއްފުށީގައި ބަންގްލަދޭޝްް ފިނިހެނެއްގެ ވޮލެޓް ދިވެހި އަންހެނަކު ފޭރުނު މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާއިގުޅޭ ވީޑިއޯއެއް މިއަދު ސޯޝަލްމީޑިއާގައި ވެސް ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ އެ ބިދޭސީ މީހާ އަންހެން މީހާގެ އަތުގައި ހިފައިގެން ގަދަކަމުން ތަނަކަށް ގެންދާ މަންޒަރެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު