އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންތިހާބުވެވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ކުރީގެ މިނިސްޓަރު މާރިޔާއާ ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ޒުވާން މެންބަރެއް ކަމަށްވާ އައިކު އަހްމަދު އީސާ އެވެ. މާރިޔާ އިންތިހާބު ކާމިޔާބުކުރެއްވީ 89 ވޯޓު ހޯއްދަވައިގެންނެެވެ. އައިކު އަށް ލިބިވަޑައިގަތީ 28 ވޯޓެެވެ.

އެމްޑީޕީގެ އިސް ސަފުގައި އިސްކޮށް ހަރަކާތްތެރިވަޑައިގަންނަވާ މާރިޔާ އަކީ އެޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭކަނބަލެކެެވެ. އެކަމަނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ދައުރު ނިމެންދެން ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފައެވެ. އެމްޑީޕީގެ "މަންމަ" ކަމުގައި ގިނަ ބަޔަކު ސިފަކުރާ މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން