އެމްޑީޕީގެ ގައުމީ މަޖިލީހަށް ހޮވުނު އާ މެމްބަރުންނަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މަރުހަބާ ވިދާޅުވެއްޖެއެވެެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަން ބާއްވާފައިވަނީ އިއްޔެ 14:30 އިން ރޭ 9:00 އަށެވެ. މި އިންތިހާބުގެ ވޯޓްލުން ނިމި ނަތީޖާ ތައް އިއުލާންކޮށް އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުން ކަށަވަރުވުމާއި އެކު "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ސާލިޙު ވިދާޅުވީ ގައުމީ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނާއެކު އާ ރޫޙެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވި ޕާޓީއަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްކަމަށް މޭޔަރު އާދަމް އާޒިމް ވަނީ އިންތިހާބުވެވަޑަައިގެންފައެވެ. މި އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާގެ ރަައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހްމަދު ނަސީމެެވެ.
އެމްޑީޕީން ބުނީ އަތޮޅުތެރޭގެ 24 ރަށެއްގައި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެެވެ. މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.

މިއަދު ބޭއްވުނު @MDPSecretariat ގެ އެތެރޭގެ އިންތިޚާބުން ޕާޓީގެ ޤައުމީ މަޖިލީހަށް ހޮވިވަޑައިގަތް ހުރިހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) August 2, 2024
އަޅުގަނޑުގެ އުއްމީދަކީ މިއަދު ދާއިރާތަކަށް ހޮވިވަޑައިގަތް ބޭފުޅުންގެ ފަރާތުން އާރޫޙަކާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވި…
ރައީސް ސާލިޙު ވިދާޅުވީ ގައުމީ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނާއެކު އާ ރޫޙެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވި ޕާޓީއަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްކަމަށް މޭޔަރު އާދަމް އާޒިމް ވަނީ އިންތިހާބުވެވަޑަައިގެންފައެވެ. މި އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާގެ ރަައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހްމަދު ނަސީމެެވެ.
އެމްޑީޕީން ބުނީ އަތޮޅުތެރޭގެ 24 ރަށެއްގައި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެެވެ. މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށް ގެންދިޔައީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.
ކިޔުންތެރިންގެ ހިޔާލު