އައްޑޫސިޓީގައި ބާރު ސްޕީޑުގައި ދުވައްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ވެލިފުންޏަކަށް އަރައިފިއެވެ. މި ހާދިސާގައި ސައިކަލު ކޮންޓްރޯލް ނުވެ ވަރަށް ބޮޑަށް ކަހާލައިގެން ދިޔަ އިރު ސައިކަލް ދުއްވަން އިން މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެސް ވެފައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައި ވަނީ ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި ކަމަށެވެ. އަދި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ވެލި ފުންޏަކަށް އަރާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރޭ 11:49 ހާއިރު މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މި ހާދިސާގައި އަނިޔާވީ ސައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އިތުރު ފަރުވާ އަށް އެމީހާ މާލެ ފޮނުވަން އުޅޭ ކަމަށް ކަމަށްވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މި އެކްސިޑެންޓުގައި އެމީހާ އަށް ލިބުނު އަނިޔާގެ ތަފްސީލްތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން