ޕުއްޕާމޭގެ ކެންސަރަކީ ދުނިޔޭގެ ގިނަ ނިސްބަތެއްގެ މީހުންގެ މެދުގައި ޖެހޭ ކެންސަރު ބައްޔެކެވެ. ފުއްޕާމޭގެ ކެންސަރުގެ ރިސާޗު ފައުންޑޭޝަނުން ބުނާ ގޮތުގައި ކޮންމެ 16 އަކުން 1 މީހަކަށް އުމުރުގެ ވަކި ހިސާބެއްގައި މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ރާއްޖޭގައިވެސް މި ބައްޔަށް ފަރުވާ ކުރަމުންދާ އެތައް ބައެއް އުޅެއެވެ.
ފުއްޕާމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ފުއްޕާމޭގެ ކެންސަރު ބަލިން ރައްކާތެރި ވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ އިތުރުން ފުއްޕާމޭގެ ކެންސަރު ބަލިން ރައްކާތެރި ވެވޭނެ އެހެނިހެން ގޮތްތައްވެސް ވެއެވެ. އެގޮތުން ގިނައިން ފައިބަރާއި، ޕްރޮޓީން އާއި، ވިޓަމިން އަދި މިނަރަލްތައް އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީ ވެސް މިފަދަ ކެންސަރު ބަލިން ދުރުހެލިވުމަށް ކުރެވިދާނެ ކަމެކެވެ.
ތިރީގައި މި ހިމަނާލަނީ ފުއްޕާމޭގެ ކެންސަރު ބަލިން ރައްކާތެރި ވުމަށްޓަކައި ކާންޖެހޭ ބައެއް ކާނާގެ ބާވަތްތަކެވެ.
ބްރޮކޮލީ: ބްރޮކޮލީއާއި ކޯލީފްލާވާ ފަދަ ތަރުކާރީތަކަކީ އޭގައި ސަލްފަރ އެކުލެވިގެންވާ ކޮމްޕައުންޑެއް ހިމެނޭ ތަރުކާރީގެ ބާވަތްތަކެވެ. ސަލްފަރ އެކުލެވުގެންވާ މި ކޮމްޕައުންޑަކީ ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީވެދޭ އެއްޗެކެވެ. އަދި މީގެ އިތުރުން މި ތަރުކާރީތަކަކީ އޭގައި އިންޑޯލް 3 ކާބިނޯލް އެކުލެވިގެންވާ ބާވަތްތަކެވެ. މިއީ ކާސިނޯޖެންގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ބްރޮކޮލީ އަކީ ގިނަ އަދަދަކަށް ވިޓަމީނާއި މިނަރަލް އެކުލެވިގެންވާ ތަރުކާރީއެއް ކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ބަލިތަކާ ހަނގުރާމަ ކުރުމަށް އެހީވެދެއެވެ.
ފަޅޯ: ފަޅޮލަކީ ރާއްޖޭގައި ވަރަށް ފަސޭހަކަމާއެކު ލިބެން ހުންނަ، ރަހަމީރު މޭވާއެެކެވެ. ފަޅޮލަކީ އޭގައި ބީޓާ ކެރޮޓީން އާއި ލައިކޮޕީން ފަދަ އެންޓި އޮކްސިޑެންޓުތައް އެކުލެވިގެންވާ މޭވާއެއްކަމުން، މި ކެއުމުން ފުއްޕާމޭގެ ކެންސަރުގެ ސަބަބުން ލިބޭ އަނިޔާތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރި ކޮށްދެއެވެ. އަދި މީގެ އިތުރުން އޭގައި އެކުލެވިގެންވާ ވިޓަމިން ސީ އަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށްވެސް އެހީވާ މާއްދާއެކެވެ. ނަތީޖާއެއްގެ ގޮތުން މި ބޭނުން ކުރާނަމަ ދިފާއީ ނިޒާނު ވަރުގަދަ ކޮށްދީ، ކެންސަރު ފަދަ ބަލިތަކުން މީހާ ރައްކާތެރި ކުރުމަށް އެހީވެދެއެވެ.
ފްލެކްސްސީޑް: ފްލެކްސްސީޑަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އޮށުގެ ބާވަތެކެވެ. ގަވާއިދުން ފްލެކްސްސީޑު ބޭނުން ކުރާނަމަ މީހާ ދުޅަވުމުންނާއި، އޮކްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދެއެވެ. އެޗްއެޗްއެސް އޯތާރ މެނުސްކްރިޕްޓު ޖާނަލްގައިވާ ދިރާސާއެއްގައި ވާގޮތުން ފްލެކްސް ސީޑު ބޭނުން ކުރުމުން ފުއްޕާމޭގައި ޓިއުމަރު އުފެދޭ މިންވަރު ދައްކޮށްދީ، އަދި ޓިއުމަރު އިތުރު ވުން ހުއްޓުވައިދެއެވެ. މިކަން މިގޮތަށް މެދުވެރިވަނީ މި ބޭނުން ކުރުމުން މީހާ އޮކްސިޑޭޓިވް ސްޓްރެސް އާ ދުރުކޮށްދޭތީ ކަމަށް ދިރާސާވެރިން ބުނެއެވެ.
އިނގުރު: އިނގުރަކީ ޒަމާނުއްސުރެ އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި މީހުން ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. އިނގުރަކީ އޭގައި 6-ޝޯގޯލް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި މާއްދާއަކީ ފުއްޕާމެއަށް ޖެހޭ ކެންސަރު ބަލިން މީހާ ދުރުހެލި ކުރުމަށް މަސައްކަތް ކުރާ މާއްދާއެކެވެ. އަދި މީގެ އިތުރުން މިއީ ކީމޯތެރަޕީގެ ސަބަބުން މޭނުބައި ކުރާނަމަ އެކަމަށްވެސް އޮތް ފަރުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު