ހަނިމާދޫ އެއަރޕޯޓްގައި މާރާމާރީ ހިންގި މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން އިންޑިޔާ ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރަށްވަމުން ފުލުހުންގެ ސްޕޯކްސްޕާސަން މިއަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާލިބުނު މީހާއަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާއިރު މާރާމާރީ ހިންގުމަށް ބޭނުންކޮށްފައިވަނީ މަރުތޭލައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު