ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފުރުސަތު ބޮޑަށް ހުޅުވާލީ އޯ ލެވަލް ނިންމާ ދަރިވަރުންނަށް ކަމަށެވެ.
އެ ފުރުސަތު ހުޅުވާލުމުގެ މަގުސަދަކީ ކިޔަވާ ނިމިގެން ވަޒިފާގެ މާހައުލަށް އަންނަން ބެނުންވާ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮސްދިނުމާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ވޮލަންްޓިއާކޮށް މަސައްކަތް ކުރާ ކުދިންނަށް މަސައްކަތުގެ ތަޖުރިބާގެ ސެޓްފިކެޓެއް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެ ފުރުސަަތުގެ ދަށުން މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް 18 އަހަރު ފުރިފައި ނުވާނަމަ، ވޮލެންޓިއަރކޮށް މަސައްކަތްކުރުމާއިމެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ވެސް ޖެހޭނެ އެވެ.
އެގޮތަށް ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު