ދީނީ ގޮތުން މީޑިއާއިން ސަމާލުކަންދޭން ޖެހޭ ކަންކަމާ ގުޅޭގޮތުން ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް ފެކަލްޓީއާއި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހާއި ގުޅިގެން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.

"މީޑިޔާ އެތިކްސް"ގެ ނަމުގައި އަންނަ ބުދަ ދުވަހު ބާއްވާ އެ ވޯކްޝޮޕްގެ މަގުސަދަކީ އިސްލާމީ ނަޒަރަކުން މީޑިޔާއާއި ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރުމާއި، ޕަބްލިކް ސްޕީކިންނާއި ގުޅޭ އުކުޅުތައް އަދި އެނޫން ވެސް މުއާސަލާތުކުރުމާއި ގުޅޭ މައުލޫމާތު ފޯރުކޮއްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ވޯކްޝޮޕްގައި ޕަބްލިކް ސްޕީކާސްގެ ގޮތުގައި ބައިވެރިވާނީ، އައިޔޫއެމްގެ ސީނިއަރ ލެކްޗަރާ، ޝެއިހު އަބްދުﷲ މުހައްމަދާއި މީޑިޔާގައި މަސައްކަތްކުރައްވާ އަލީ ޝާމިންއާއި މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މީޑިޔާ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މުހައްމަދު ނާސިހުގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރސް އޮފިސްގެ ސެކްޓްރީ ޖެނެރަލް އިދްރީސް އިސްމާއިލެވެ.

އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން