ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު
މިއަދުވެސް މަޖިލީހަށް ޙާޟިރުވުމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ޢުޒުރުވެރިވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ނަންބަރުގެ ދަށުން ޑރ. ހައިދަރާއި ސުވާލު ކުރެއްވުމަށް ހުށައަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ ޑރ. ހައިދަރަށް ދިމާވި ކުއްލި އާއިލީ މައްސަލައަކާ ގުޅިގެން މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް އަންގަވާފައިވާ ކަމަށެވެ.

މެންބަރު މުހައްމަދު އިބްރާހީމް މިނިސްޓަރު ހައިދަރަށް ކުރެއްވުމަށް މިއަދު ތާވަލު ކޮށްފައިވާ ސުވާލުގައި ވަނީ ގުޅީފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފެށޭނެ ދުވަހަކާއި މާލޭ މީހުންނަށް ނިމިދިޔަ ސަރުކާރުގައި ދޫކުރި ގޯތިތައް ހަވާލުކުރެވޭނެ ދުވަހާއި އަދި ހުޅުމާލޭން ދޭން ނިންމާފައިވާ 4،000 ފްލެޓް ހަވާލުކުރެވޭނެ ދުވަހެއް އޮޅުންފިލުއްވައި ދެއްވުމަށެވެ.

މިނިސްޓަރ ޑރ. ހައިދަރު މިއަދު މަޖިލީހަށް ޙާޟިރުވެފައި ނުވާއިރު މީގެ ކުރިންވެސް މިނިސްޓަރ ހައިދަރު ވަނީ ތަފާތު ޢުޒުރުތައް ދައްކަވައި މަޖިލީހަށް ޙާޟިރުވެ ވަޑައިގަތުމަށް ޢުޒުރުވެރިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން