އިންޝުއަރެންސް ކްލެއިމް ކުރުމުގައި ޙައްޤުނޫން މަންފާއެއް ހޯދަން އުޅެފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އިންޝުއަރެންސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.
ސަރުކާރުން މި ބިލު ހުށައަޅާފައިވާ މަޤްސަދަކީ ރާއްޖޭގެ އިންޝުއަރެންސްގެ ވިޔަފާރީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަރުދަނާ ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ހިނގާކަން ކަށަވަރު ކުރުމެވެ.
ތާރިޤް ހުށައެޅުއްވި ބިލުގައި އިންޝުއަރެންސްގެ ވިޔަފާރި ބަހާލާފައިވާ ދެބަޔަކީ ޖެނެރަލް އިންޝުއަރެންސް ވިޔަފާރި އަށާއި ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރިއަށެވެ.
ބިލުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިންޝުއަރެންސް ކްލެއިމް ކުރުމުގައި ޙައްޤުނޫން މަންފާއެއް ހޯދަން އުޅޭ ފަރާތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބެވެ.
އެގޮތުން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދުނޫން މައުލޫމާތެއް ދީގެން ހައްގުނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުން އަދި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވެދީފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދީފައިވެއެވެ.
އޭގެއިތުރުން ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރި ކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ޚާއްސަ ލައިސަންސް ލިބިގެން ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު